ފިލްމުތަކުގައި އުމުރާ ނުބައްދަލު ޒުވާން ރޯލުތައް ކުޅެން މިހާރު އުނދަގޫ ކަމަށް މަޝްހޫރު ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާން ބުނެފި އެވެ.
ޝާހްރުކް ޚާން މިހެން ބުނެފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޑަންކީ" ރިލީޒް ކުރުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ.
ޝާހްރުކް ބުނީ އޭނާގެ ފިލްމުތަކުގައި ޒުވާން ރޯލުތައް ކުޅެން މީހުން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް 20 އަހަރު ކުރިން އޭނާގެ ކިބައިގައި ހުރި ސިފަތައް ގެންނަން މިހާރު އުނދަގޫ ކަމަށެވެ.
އެހެން ކަމުން އޭނާގެ ކުރިއަށް އޮތް ފިލްމަކީ އޭނާގެ އަސްލު އުމުރާ ގުޅޭ ފިލްމަކަށް ވާނެ ކަމަށާއި އެ ފިލްމުގެ މަސައްކަތް އަންނަ އޭޕްރީލްގައި ފެށޭވަރު ވާނެ ކަމަށެވެ.
އުމުރުން 58 އަހަރުގެ ޝާހްރުކް އަކީ އޭނާގެ ޒުވާން އުމުރުގައި ލޯބީގެ ހިޓް ފިލްމުތަކެއް ކުޅެފައިވާ ތަރި އެކެވެ. އެހެން ކަމުން ގިނަ ޑައިރެކްޓަރުން އަދިވެސް އޭނާ ލައްވާ އެފަދަ ލޯބީގެ ފިލްމުތައް ކުޅުވަން ބޭނުންވެ އެވެ.
މައްސަލަ ހުށަހަޅާފައި ވަނިކޮށް ނާޒިމް މެލޭޝިޔާއަށް
ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އެބައޮތް: އީރާން
ތާބޫއަށް ކައިވެންޏެއް ނުކުރެވުނީ އަޖޭގެ ސަބަބުން؟