ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރަފީގެ ހަނދާނުގައި ދެމުންދާ ޝަރަފުގެ އެވޯޑެއް ކަމަށްވާ "މުހައްމަދު ރަފީ އެވޯޑް" މިއަހަރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްއަށް ލިބިއްޖެ އެވެ.
ރަފީގެ 99 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ހާއްސަ ހަފްލާއެއްގައި ސޯނޫއަށް އެ ޝަރަފު އަރުވާފައިވަނީ އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޕިޔުޝް ގޯޝަލް އެވެ.
ސޯނޫއަށް ލިބުނު އެވޯޑްގެ އިތުރުން ވެސް ރަފީގެ ހަނދާނަށް އެހެން އެވޯޑުތަކެއް ވެސް ދީފައިވެ އެވެ. އެގޮތުން "މުހައްމަދު ރަފީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ޅެންވެރިޔާ ސަންތޯޝް އަނަންދަށް ލިބިފައިވެ އެވެ.
1924 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފަންވި މުހައްމަދު ރަފީއަކީ 1950ގެ އަހަރުތަކާއި 60ގެ އަހަރުތަކުގައި ބޮލީވުޑް ލަވަތަކުގެ އާއްމު އަޑެކެވެ. އޭނާ ވަނީ ބޮލީވުޑް ލަވަތަކުގެ އިތުރުން ސޫފީ ލަވަތަކާއި ގައްވާލީ ލަވަތައް ވެސް ކިޔާފަ އެވެ.
ރަފީ މަރުވެފައިވަނީ 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އުމުރުން 55 އަހަރުގައި ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުންނެވެ.
"ފަލަސްތީނު މުސްލިމުން ގަތުލުކުރާ ތަން ދެކެން ދެން ކެތެއް ނުވާނެ"
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
އީރާނުން އެމެރިކާއާއެކު މަޝްވަރާ ނުކުރާ ކަމަށް ބުނެފި