މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފް ހުސައިން މިއަދު އައްޔަންކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަފީފް ވަނީ މީގެކުރިން ފެނަކަ އާއި އެސްޓީއޯގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ.
އަފީފް ވަނީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.
އަފީފް އެމްޓީސީސީގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން އެމްޓީސީސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޓީސީސީގެ ޓީމާ އަފީފް ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ކިޔާ ކަމަށެވެ. އަދި އަފީފްއާ އެކުގައި ކުންފުންޏަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފައިވެ އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އަބްދުﷲ ޒިޔާދެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާވަރަށް ފައިސާ އެބަހުރި
ތެލުގެ އަގު ބޮޑުކުރަން ސަރުކާރުން ނުވިސްނަން: ޒަމީރު
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ނުކުރެވޭނެ