ހުޅުމާލޭގެ ފްލެޓެއްގެ ތެރޭގައި ހިންގި އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި މީހަކު އޭނާގެ މަންމަ އަށް މިރޭ ވަޅިން ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާ ދީފައިވާ މައްސަލައެއް މިއަދު 18:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަނިޔާވި މީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ވަޅި ހެރުމުގެ ސަބަބުން ޒަހަމްވީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
"ހަމަލާ ދީފައި ވަނީ އާއިލީ މައްސަލައެއްގައި ދަރިފުޅަކު އޭނާގެ މަންމަ އަށް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
ޕީއެންއެފްގެ ނަން ކިލަނބުވާތީ އީސީއާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ