2023 ވަނަ އަހަރު ނިމެން އަންނައިރު މި ދުވަސްވަރަކީ މި އަހަރު ހިނގާދިޔަ އެކި ކަންކަމުގެ ތަފާސް ހިސާބުތައް އާއްމު ވަމުން އަންނަ ދުވަސްވަރެކެވެ.
އެގޮތުން މިފަހަރު މިއޮތީ 2023 ވަނަ އަހަރު އިންޑިއާގައި އެންމެ ގިނަ މީހުން އިންޓަނެޓް މެދުވެރިކޮށް އެ ފަރާތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދި ފަރާތްތަކުގެ ލިސްޓެކެވެ.
އެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވަނީ ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އެވެ. ކިއާރާ އެ ލިސްޓުގެ އެއްވަނަ ހޯދާފައިވާއިރު އޭނާ ވަނީ މުޅި ދުނިޔޭގެ ލިސްޓުން ވެސް ޖާގަ ހޯދާފަ އެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއަހަރު ކިއާރާ ފެނިގެންދިޔަ ފިލްމު "ސަތްޔާ ޕްރޭމްކީ ކަތާ"އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވެފައިވާ ކަމެވެ.
މި ލިސްޓުގެ ދެވަނަ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ޝުބަމް ގިލް ހޯދާފައިވާއިރު ކިއާރާގެ ފިރިމީހާ ސިދުހާތު މަލްހޯތުރާއަށް ލިބުނީ ލިސްޓުގެ ހަވަނަ އެވެ.
ލިސްޓުގައި ހިމެނޭ އެހެން ނަންތަކުގެ ތެރޭގައި ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު ޝާމީ، ބިގްބޮސްއިން މަގުބޫލުކަން ހޯދި އެލްވިޝް ޔާދަވް އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ހިމެނެ އެވެ.
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި
އިންޑިއާގެ އެންމެ މުއްސަނދި 10 ޓީވީ ތަރިން
އެނާޖީ ބުއިންތަކުން ދަރިމައިވުމުގެ ސިއްހަތަށް ގެއްލުންތަކެއް!