ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ގިނަ ދުވަސްތަކެއްވީ ފަހުން ބޮލީވުޑްގެ ވެޓެރަން ކޮމީޑިއަން އެކްޓަރު މެހްމޫދު ޖޫނިއާ އުމުރުން 67 އަހަރުގައި މަރުވެއްޖެ އެވެ.
މެހްމޫދު މަރުވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މުމްބާއީގައި ހުންނަ އޭނާގެ ގޭގަ އެވެ. ޓާޓާ މެމޯރިއަލް ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދެމުން ދިޔައީ ހޯމްކެއާ ޕޭޝަންޓެއްގެ ގޮތުގަ އެވެ.
ބަނޑަށް ކެންސަރު ޖެހި އެބަލީގެ ހަތަރު ވަނަ ސްޓޭޖުގައި މެހްމޫދު ޖޫނިއާގެ ހާލު ދަށްވަމުންދާ ހަބަރުތައް މިދިޔަ ހަފްތާގެ ތެރޭގައި މީޑިއާގައި ފެތުރިފައިވެ އެވެ.
އެއާއެކު އޭނާއާއެކު މަސައްކަތްކުރި ބޮލީވުޑްގެ ބައެއް އެކްޓަރުން ވަނީ އޭނާއަށް ޒިއާރަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ދަރްމެންދްރާއާއި ޖޯނީ ލިވާ ފަދަ ތަރިން ހިމެނެ އެވެ.
މެހްމޫދަކީ 1960އާއި 70ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނުނު ތަރިއެކެވެ. އޭގެ ތެރޭގައި "ކެރެވަން"، "ހާތީ މެރޭ ސާތީ" އަދި "މޭރާ ނާމް ޖޯކަރް" ހިމެނެ އެވެ.
ހާލާންޑްގެ ލަނޑާއެކު ނޯވޭ ގަދަ 16 އަށް
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި
އަނބިމީހާ މަރާލި މައްސަލާގައި މާވިން 25 އަހަރަށް ޖަލަށް