ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްގޮތަށް ހިޔާ ފްލެޓްގެ ފިނިޝިން ފައިސާ ލިބޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ފަޒުލް މިރޭ ވިދާޅުވީ ރައީސް މުއިއްޒު ވައުދު ވެވަޑައިގެންނެވިގޮތަށް އެ ފައިސާ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ހިޔާ ފްލެޓްގެ ފިނިޝިންއަށް ވާ ފައިސާ ނުދޭން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ހިޔާ ފްލެޓް ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.
އަދިވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ނުލިބޭ
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން

އެހުސް ޖާގައިގަ ދެ ލިފްޓް ބެހެއްޓިމާ މިއޮތް އެމެން ތިރިގައި މަޑުކުރާނި ކޮން ޖަަގައެއްގަބާ؟ އެންމެން ތޮއްޖެހިފަ އޮންނާނީ.