ޖަލުތަކުގެ ވެރިޔާ، އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު އިސްތިއުފާއަށް ހުށަހަޅުއްވާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދެއްވާ ގޮތަށެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އިސްތިއުފާ ދެއްވުމަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިދިޔަ 3 އަހަރާއި 10 މަސް ދުވަހުގެ ތެރޭގައި ދެއްވި އެއްބާރުލުމަށް އެކުވެރި އެކުވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އެންމެ އިސްކަމެއް ދީފައި ވަނީ އިންސްޓިޓިއުޝަން އިތުރަށް ތަރައްޤީކުރުމަށާ އެމްސީއެސްގެ މަޤްސަދުތައް ހާސިލުކުރުމަށް ކަމަށް ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވުމުގެ ކުރިން އަހުމަދު ވަނީ މާދަމާ ހުރިހާ ޖަލުތަކާއި ކޮމާންޑުތަކަށް ޒިޔާރަތްކުރެއްވުމަށް ނިންމަވައިފަ އެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އޭރު އެ މަގާމުގައި ހުރި މުނާޒު ވަކިކުރުމަށް ފަހު އެވެ.
އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކަކީ އުންމީދީ ފެށުމެއް: އައްބާސް
ބުންޑާ ކްލިފްސް: އޮސްޓްރޭލިއާއިން ފެންނަ އަޖާއިބެއް!
ގޭތެރެއިން ފަރުނީޗަރު މަދުކޮށްލާ!
