އެމެރިކާގެ ޓިކްޓޮކްގެ މަޝްހޫރު ތަރި އަދި އިންފުލުއެންސަރެއް ކަމަށްވާ މޭގަން ރައިސް އިސްލާމްދީން ގަބޫލުކޮށްފި އެވެ.
އޭނާ އިސްލާމްދީން ގަބޫލުކޮށްފައިވަނީ ޓިކްޓޮކް ލައިވެއްގައި އެވެ.
އިސްލާމްދީން ހިޔާރުކުރި ސަބަބާ ބެހޭ ގޮތުން ރައިސް ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން އިސްލާމް ދީނުގެ މަތީގައި ކުރާ ހިތްވަރާއި ދައްކާ ސާބިތުކަމުގެ ސަބަބުން އޭނާ އަށް އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ. އަދި ކީރިތި ގުރުއާނަކީ އޭނާ އިސްލާމްދީން ގަބޫލުކުރި ސަބަބެއް ކަމަށްވެސް ރައިސް ހާމަކުރެ އެވެ. އޭނާ ބުނީ އިސްލާމް ދީނަކީ އެންމެ ސާފު އެންމެ މާތް އެންމެ ރީތި ދީން ކަމަށެވެ.
އިސްލާމް ވުމަށް ފަހު ރައިސް ވަނީ ޓިކްޓޮކްގައި "ވޯލްޑް ރިލިޖަން ބުކް" ގެ ނަމުގައި ކުލަބެއް އުފައްދާފަ އެވެ. އޭނާ ބޭނުން ވަނީ އިސްލާމް ދީނާ މެދު އުފައްދާ ނަފުރަތާއި އަދި މުސްލިމުންދާ ދޭތެރޭ ދެކޭ ގޮތް، ބަދަލު ކުރުވާށެވެ.
މޭގަންގެ ޓިކްޓޮކަށް ވަރަށް ގިނަ މީހުންގެ ސަމާލުކަން ހުއްޓުނެވެ.
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
ދީނީ އިލްމުވެރިޔާ އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"