މޫނު ނިވާކޮށްގެން ތިބި ބަޔަކު ކޭއެފްސީއަށް ވަދެ އިންޒާރު ދިނުމަށްފަހު އެތަނަށް ކަޅުތެޔޮ ޖަހައިފި އެވެ.
މަންޒަރު ފެނުނު މީހުން ކިޔައިދިން ގޮތުގައި މޫނު ނިވާކޮށްގެން ތިބި އެ މީހުން ފުރަތަމަ ވަނީ ކޭއެފްސީއަކީ އިސްރާއީލަށް ފަންޑުކުރާ ތަނެއް ކަމަށް ބުނެ އެތަން ބަންދުކުރުމަށް އަންގައި އިންޒާރުކޮށްފަ އެވެ. އެއަށްފަހު އެތަނަށް ކަޅުތެޔޮ ޖެހުމަށްފަހު އެ މީހުން ވަނީ އަނބުރާ އެތަނުން ގޮސްފަ އެވެ.
ކޭއެފްސީ އާއި ކޮކާކޯލާ އަކީ އިސްރާއީލަށް މާލީ ފައިދާވާ ވިޔަފާރިތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ އެ ބްރޭންޑްތައް ބޭނުންކުރުން ހުއްޓާލުމަށް ގޮވައިލަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޭއެފްސީގެ އިތުރުން ޕިއްޒާ ހަޓާއި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ހިންގާ އިމާރާތަށް ކަޅުތެޔޮ ޖަހާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
