ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކައި ޑައިވިންގ ހިދުމަތް ދިނުމަށް ރ. އިފުރު އައިލޭންޑް ރިސޯޓުން ތައްޔާރުވެއްޖެ އެވެ.
މިއީ ރާއްޖޭގެ ރިސޯޓަކުން ސްކައިޑައިވިންގެ ހިދުމަތް ފަތުރުވެރިންނަން ދޭން ތައްޔާރުވަމުންދާ ފުރަތަމަ ފަހަރެވެ.
އިފުރަށް މިހާރު ވަނީ ސްކައި ޑައިވިން ކުރުމަށް ހާއްސަ މަތިންދާބޯޓެއް ވެސް ގެނެސްފަ އެވެ. މިދިޔަ ހުކުރު ދުވަހު ގެނައިސެސްނާ 208 ބީ މަރުކާގެ ބޯޓަކީ ސްކައިޑައިވިންގ އަށް ހައްސަ މަތިންދާ ބޯޓެކެވެ.
އިފުރުގައި ސްކައިޑައިވިންގެ ހިދުމަތް ދެނީ އިނގިރޭސިވިލާތުގެ އެލީޓް އިންޑޯ ސްކައިޑައިވިން ކުންފުނިންނެވެ.
އިފުރުގައި ސްކައިޑައިވިން ކުރިއަށް ގެންދާނީ ސްކައި ޑައިވް ކުރުމުގައި 20 އަހަރު ތަޖުރިބާ ހުރި ދުނިޔޭގެ ފްރީސްޓައިލް ސްކައިޑައިވިންގ ޗެމްޕިއަން ވިލް ޕެނީއާ އިސްކޮށް ހުރެގެންނެވެ.
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!
ފަތުރުވެރިކަމަށް ލިބުނު ގެއްލުންތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި
އެމެރިކާއިން އަދިވެސް އީރާނުގެ ޖަވާބެއްގެ އިންތިޒާރުގައި
