ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"އަށް މެހެމާނެއްގެ ގޮތުގައި ގޮސްގެން އެއްވެސް ތަރިއަކަށް ވީ ފައިދާއެއް ނެތް ކަމަށް ބޮލީވުޑަށް އަލަށް ތައާރަފްވި ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ބުނެފި އެވެ.
ރާޖް މިހެން ބުނެފައިވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމު "ޔޫޓީ 69" ރިލީޒް ކުރުމާ ގުޅިގެން ދިން އިންޓަވިއުއެއްގައި އެ ޝޯއަށް ގޮސްފާނަންތޯ ސުވާލު ކުރެވެމުންނެވެ.
ރާޖް އިތުރަށް ބުނީ އެ ޝޯއަކީ ދާއިރާގެ މީހުންގެ މެދުގައި ފިތުނަ އުފެދި އާއްމުންގެ މެދުގައި އަގުވެއްޓެން މަގުފަހި ކުރުވާ ޝޯއެއް ކަމަށެވެ.
ކޮފީ ވިތު ކަރަންގެ އަށްވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު މި ސީޒަންގެ އެންމެ ފުރަތަމަ މެހެމާނުން ކަމަށްވާ ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންއަށް އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
މި ސަބަބަށްޓަކައި ބޮލީވުޑްގެ ބައެއް ތަރިން މިހާރުވެސް ވަނީ އެ ޝޯ ބުޮއިކޮޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ ހިމެނެ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި