ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒް "ފްރެންޑްސް"ގައި ޗޭންޑްލާގެ ރޯލުން ފެނިގެންދިޔަ މެތިއު ޕެރީ މަރުވެއްޖެ އެވެ.
މެތިއު މަރުވެފައި އޮއްވާ ފެނުނީ އެމެރިކާގެ ލޮސް އެންޖަލަސްގައި އޭނާ ދިރިއުޅެމުން އައި ގޭގެ ބިލިގާއެއްގައި އޮއްވާ ރޭ ފަތިހު އެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ގެނބިގެންނެވެ.
މި މައްސަލަ އެމެރިކާގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ވަރަށް ޅަ އުމުރެއްގައި އެކްޓިންގެ ދާއިރާއަށް ނުކުތް މެތިއު ގިނަ ބައެއްގެ ސަމާލުކަން ހޯދީ ޗޭންޑްލާގެ ރޯލުންނެވެ. އޭނާގެ ސަކަ މިޒާޖަކީ އެކުގައި މަސައްކަތްކުރި ތަރިން ވެސް ފާހަގަކުރި ކަމެކެވެ.
މެތިއު މަރުވުމުގެ ކުރިން ފްރެންޑްސްގެ ހުރިހާ ތަރިން ވަނީ 2021 ވަނަ އަހަރު އެޗްބީއޯއިން އުފެއްދި ފްރެންޑްސްގެ ރީޔޫނިއަންއެއްގައި އެކީގައި ފެނިފަ އެވެ.
މެތިއުގެ މަރާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ. މެތިއު މަރުވި އިރު އޭނާގެ އުމުރަކީ 54 އަހަރެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!