މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މިރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 11:01 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގަ އެވެ.
ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 03:26 ހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން މިކޭތައާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމު 01:15 ގައި ކޭތަނަމާދުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކޭތަ ނަމާދު ރަށްރަށުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ރަށްރަށުގެ ކައުންސިލްތަކަށް އަންގަވައިފަ އެވެ. ކޭތަ ނަމާދުގެ ޚުޠުބާ ހޮނިހިރު ދުވަހު މިނިސްޓްރީން އަޕްލޯޑް ކުރައްވާނެ ކަމަށް ވެސް މިސާކިއުލާގައި ވަނީ ބުނެފަ އެވެ.
މިރޭ ހިފާ ހަނދުކޭތައަކީ ފުރިހަމަ ހަނދުކޭތައެއް ނޫނެވެ. ހަނދުކޭތަ ހިފަނީ އިރާއި ހަނދާއި ދެމެދަށް ދުނިޔެ އެއްސަފަކަށް އަރައ، އިރުގެ އަލި ދުނިޔޭގެ ސަބަބުން ހަނދަށް ނޭޅި ދައުރުވާ ވަގުތުގަ އެވެ.
ގިރާވަރު ފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް
ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީފި
ބީއެމްއެލްގެ 2،000އަށްވުރެ ގިނަ ފްލެޓްގެ މަސައްކަތް ފަށަނީ