ދެހާހުގެ އަހަރުތަކުގައި ބޮލީވުޑް ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޕްރިތީ ޒިންތާ އިންޑިއާގެ މުމްބާއީއިން އަގުބޮޑު އެޕާޓްމަންޓެއް ގަނެފި އެވެ.
ބެންޑްރާގެ ޕަލީ ހިލް ސަރަހައްދުން ޕްރިތީ ގަނެފައިވާ 1474 އަކަފޫޓުގެ އެ އެޕާޓުމަންޓުގެ އަގު 17.01 ކްރޯޑް ރުޕީސްއަށް އަރާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެޕާޓްމަންޓް ބިލްޑިންގްގެ 11 ވަނަ ފަންގިފިލާގައި ހުންނަ އެ އެޕާޓްމަންޓްގެ އިތުރު ކާރު ޕާކު ކުރާނެ ޖާގައެއްވެސް ޕްރިތީ ގަނެފައިވާ ކަމަށްވެ އެވެ.
މުމްބާއީއިން އެހާ އަގުބޮޑު އެޕާޓްމަންޓެއް ގަތުމުން ކައިވެނި ކުރުމަށްފަހު މިހާރު އެމެރިކާގައި ދިރިއުޅެމުން އަންނަ ޕްރިތީ އިންޑިއާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ އަރާފަ އެވެ.
ފިލްމީ މަސައްކަތްތަކުން ދުރަށް ޖެހި ހުރި ނަމަވެސް ޕްރިތީއަކީ އިންޑިއާގައި ނަން މަޝްހޫރު ޝަހްސިއްޔަތެކެވެ. އޭނާގެ މިލްކިއްޔާތުގައި 15 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕްރިތީގެ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި "ކިޔާ ކެހެނާ"، "ކަލްހޯ ނަހޯ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
މުއިއްޒު ޕްރޮމޯޓްކުރަން ޕީއެންސީން 100 މީހުންނަށް ވަޒީފާ ދީފި