މި އަހަރު އަލަށް ހަތަރު ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އަލަށް ހަތަރު ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަލަށް ހުޅުވޭ ރިސޯޓުތަކާ އެކު ފަތުރުވެރިކަމަށް 1،064 އެނދު ނެރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ރިސޯޓުތައް
- ބ. ބޮޑުފިނޮޅުގައި ތަރައްޤީކުރަމުންދާ 310 އެނދުގެ ރިސޯޓް
 - ޅ. މާބިންހުރާގައި ތަރައްޤީކުރަމުންދާ 408 އެނދުގެ ރިސޯޓް
 - ޅ. ދެރުފިނޮޅުގައި ތަރައްޤީކުރަމުންދާ 172 އެނދުގެ ރިސޯޓް
 - މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްޤީކުރާ 174 އެނދުގެ ރިސޯޓް
 
މި އަހަރުގެ މިހާތަނަށް ވަނީ އަލަށް ފަސް ރިސޯޓު ހުޅުވައިފަ އެވެ.
އަލަށް ހުޅުވި ރިސޯޓުތައް
- ވ. ކުނާވަށީގައި ހުޅުވާފައިވާ ނޫއީ މޯލްޑިވްސް ކުނާވަށި
 - ބ. ފަރެސްގައި ހުޅުވާފައިވާ އަވާނީ ފަރެސް މޯލްޑިވްސް
 - ރ. ކުޑަކުރަތުގައި ހުޅުވާފައިވާ އަމާރީ ރާޔާ މޯލްޑިވްސް ރިސޯޓް
 - އދ. ބޮޑުފިނޮޅުގައި ހުޅުވާފައިވާ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް
 - މާލެ އަތޮޅު ފަޅެއްގައި ތަރައްޤީކޮށްފައިވާ ޖޯއީ އައިލެންޑް
 
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ވަގުތު 172 ރިސޯޓެއް އޮޕަރޭޓް ކުރެ އެވެ.
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
			އޮފީސް ވަޒީފާތަކުގެ އަނދިރި ފަރާތް!
		
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
								
								