ދިވެހި ބަހުގެ އެކަޑެމީން އެ އިދާރާގެ ބެލެނިވެރި ފަރާތް މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާއަށް ނާންގާ އިންތިހާބީ ރައީސްގެ އޮފީހުން ކަނޑައަޅާފައިވާ އިންތިގާލީ ކޮމެޓީއާ ބައްދަލުކުރުމުން މިނިސްޓަރު ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ދިވެހި ބަހުގެ އެކަޑެމީން ވަނީ މިދިޔަ ބުދަ ދުވަހު އިންތިގާލީ ކޮމެޓީއާ ބައްދަލުކުރައްވައިފަ އެވެ. އިންތިގާލީ ކޮމެޓީން ވަނީ ބަހުގެ އެކެޑެމީގެ މަސައްކަތްތައް ބަލައި އެ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު ހޯދައިފަ އެވެ.
އެ ބައްދަލުވުން މިނިސްޓްރީއަށް ނާންގާ ބާއްވާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ އިންތިގާލީ ކަންކަން ކުރިޔަށް ގެންދިއުމަށް ޕީއެސްއާ ހަވާލުކޮށްފައި ވަނިކޮށް ޕީއެސްއަށް ވެސް އަދި މިނިސްޓަރަށް ވެސް ނޭނގި އިންތިގާލީ ކޮމިޓީއާ އެކެޑެމީން ބައްދަލުކުރެއްވުމުން އެކަޑެމީ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތްވަރު ވަރަށް ސާފު ކަމަށެވެ.
އެކަޑެމީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާބެހޭ ވަޒީރަށް ޖަވާބުދާރީވާން ޖެހޭ ކަމަށް އެކެޑެމީގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އިންތިގާލީ މަރުހަލާގައި އިންތިގާލީ ކޮމެޓީއާއެކު ބާއްވަން ޖެހޭ މަޝްވަރާތައް ބޭއްވުމަށް އެކަޑެމީން އެންމެ އިސްކޮށް ހުންނަވަނީ ޕީއެސް އެވެ.
ޝާހްރުކް ޚާންއަށް 60 އަހަރު!
ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
