އެމްޓީވީން ގެނެސްދޭ މަގުބޫލު ރިއަލިޓީ ޝޯ، "އެމްޓީވީ ރޯޑީސް" ގެ 19 ވަނަ ސީޒަން ވާޝޫ ޖައިން ކާމިޔާބު ކޮށްފި އެވެ.
އެމްޓީވީގެ "ރޯޑީސް 19" ތީމަކީ "ކަރަމް ޔާ ކާންޑް އެވެ. މިފަހަރުގެ ސީޒަން ހޯސްޓް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު އެކްޓަރު ސޯނޫ ސޫދު އެވެ. "ރޯޑީސް 19"ގެ ގޭންގް ލީޑަރުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ބަތަލާ ރިއާ ޗަކްރަބަތީ އާއި މީގެ ކުރީގެ ސީޒަންތަކުގައި ގޭންގު ލީޑަރެއް ގޮތުގައި ފެނިގެންދިޔަ ޕްރިންސް ނަރޫލާ އާއި "ބިގްބޮސް 8" ކާމިޔާބު ކުރި އެކްޓަރު ގޯތަމް ގްލާޓީ އެވެ.
"ރޯޑީސް 19" ގެ ކާމިޔާބު ކުރީ ރިއާ ގޭންގުގެ ވާޝޫ އެވެ. ރޯޑީސް ސޯ ފެށިގެން އައިރު ވާޝޫ ފެނިގެން ގޮސްފައިވަނީ ޕްރިންސް ގޭންގުންނެވެ. މިފަހަރުގެ ސީޒަންގެ ދެވަނަ އަށް ގޮސްފައިވަނީ ޕްރިންސް ގޭންގުގެ ސިވެޓް ތޯމާރު އެވެ.
"ރޯޑީސް 19" ގައި 30 ބައިވެރިން ވަނީ ފެނިގެން ގޮސްފަ އެވެ. މިޝޯގައި ތަފާތު ގޭމްތަކެއް ފެނިގެން ގޮސްފައިވާއިރު ބައިވެރިންގެ ފަރާތުން ވަނީ އެކި ހުންނަރުތައް ފެނިގެން ގޮސްފަ އެވެ.
އެމްޓީވީ ރޯޑީސް އަކީ ޒުވާނުނަށް ހާއްސަ ކޮށްގެން 2003 ވަނަ އަހަރު އެމްޓީވީއިން ގެނެސްދެން ފެށި ޝޯ އެކެވެ.
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި