މިއަހަރު ފެށިގެން އައީ އެކްޓްރެސް ތާޕްސީ ޕަންނޫއަށް ބުރަ އަހަރެއްގެ ގޮތުގަ އެވެ. އެގޮތުން ވަރަށް ބުރަ ޝެޑިއުލްތަކެއްގައި މިވަނީ އޭނާގެ ފިލްމު ރަޝްމީ ރޮކެޓްގެ މަސައްކަތް ނިންމާލާފަ އެވެ.
މި ފިލްމުގެ ޝޫޓިންތަކުގެ ތެރެއިން ތާޕްސީ ދިޔައީ ސެޓްތަކުގެ ހިތްގައިމު ފޮޓޯތައް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނާ ހިއްސާކުރަމުންނެވެ. އެގޮތުން ޝޫޓިންގެ އެންމެ ފަހު ދުވަހުގެ އިރުއެރި މަންޒަރާ އެކު "ރަޝްމީގެ ގޮތުގައި ހޭލާނެ ފަހު ދުވަސް" ކަމުގައި ލިޔެފައިވެ އެވެ. އެއަށް ފަހު އެ ފިލްމުގެ ކްރޫއާއެކު ވެސް ތާޕްސީ ވަނީ ފޮޓޯތައް ހިއްސާކޮށްފަ އެވެ.
ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު އެ ފިލްމުގެ ހަނދާނެއްގެ ގޮތުން ގެއަށް ގެންދިއުމަށްޓަކައި ތާޕްސީ ވަނީ އެ ފިލްމުގައި އޭނާގެ ކަންފަތުގައި ލީ މުދި ނަގާފަ އެވެ.
ބޮލީވުޑްގައި ތާޕްސީ ފާހަގަވެގެން ދަނީ ތަފާތު މޮޅެތި ރޯލލުތަކުން ފެނިގެންދާ ތަރިއެއްގެ ގޮތުގަ އެވެ.
އޭނާގެ ފިލްމުތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދެ އެވެ.
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
ޕެންޝަން އޮފީހުގެ ބޯޑު މެންބަރު މާދިން ވެސް އިސްތިއުފާދެއްވައިފި
