އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައި ހުންނަތާ ދެ ގަޑިއިރު ފަހު އަލުން ކަރަންޓް ދީފި އެވެ.
ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 11:45 ހާއިރު އެވެ. މިގޮތުން ހިތަދޫ، މަރަދޫ މަރަދޫ-ފޭދޫ އަދި ފޭދޫއިން ވަނީ ކަރަންޓު ކެނޑިފަ އެވެ.
މިހާރު ވަނީ މި ރަށްތަކަށް ދެ ގަޑައިރު ފަހު ކަރަންޓް ދީފަ އެވެ.
ފެނަކަ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑުނީ ކަރަންޓް ފޯރުކޮށްދޭ މައި ސްޓޭޝަނުން ކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކަ އިން ދަނީ ކުރަމުންނެވެ.
މުވައްޒަފުންނަށް ފިޔަވަޅު އަޅާތީ ސިޔާސީން ގުޅާކަން ނުޖެހޭނެ
ހަށިގަނޑު ރީތިކުރަން ބޭސްކުރި ކަމަށް އިމްރާން އެއްބަސްވި!
އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވައިފި