އިންޑިއާގެ ބޭންކަކަށް އޮޅިގެން އެ ބޭންކުގެ ކަސްޓަމަރެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރުމުން އަމާނާތްތެރިކަމާއެކު އެ ފައިސާ ރައްދުކޮށްދީފި އެވެ.
ޗެންނާއީގެ ބޭސް ފިހާރައެއްގައި މަސައްކަތްކުރާ މުހައްމަދު އދްރީސްގެ އެކައުންޓަށް 753 ކްރޯޑް އިންޑިއާ ރުޕީސް ޖަމާވެފައިވަނީ އޭނާގެ ރައްޓެއްސަކަށް 2000 ރުޕީސް ޓްރާންސްފާ ކުރުމުންނެވެ.
އޭނާއަށް ހައްގުނުވާ ފައިސާތަކެއް ލިބުުނުކަން މުހައްމަށް އެނގުމުން އޭނާ ވަނީ ވަގުތުން ބޭންކަށް ގުޅައި އެކަން ބޭންކުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެއާއެކު ބޭންކުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މުހައްމަދުގެ އެކައުންޓް ވަގުތީ ގޮތުން ފްރީޒްކޮށް ޖަމާކުރެވުނު ފައިސާ އަލުން ނަގާފަ އެވެ.
ބޭންކުން އިތުރަށް ބުނީ މުހައްމަދަށް އެ ފައިސާ ޖަމާކުރެވުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ފައިސާ ލިބުމުން ވެސް މުހައްމަދުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ތައުރީފްކޮށް އިންޓަނެޓުގައި ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި
ޖޭލޯ އޭނާގެ ދަރިންނާއެކު އެރިއާނާގެ ކޮންސެޓެއްގައި!