މިއަދު ހަވީރު ހިނގި އެކްސިޑެންޓަކާ ގުޅިގެން ސިނަމާލެ ބްރިޖްގެ ހައިވޭގެ އެއް ލޭނު ބަންދުކޮށްފައި އޮންނަތާ އެތައް އިރެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ބްރިޖް ހައިވޭ އިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓުވުމުން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގީ މިއަދު ހަވީރު 5:30 ހާއިރު އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބްރިޖްގެ ޓްރެފިކް ވަނީ ބްލޮކްވެފަ އެވެ. ބްރިޖް ބޭނުންކުރާ މީހުން މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައިވޭގެ އެއް ލޭނު ގިނައިރުތަކެއް ވަންދެން ބަންދުކޮށްފައި އޮންނާތީ ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވެ އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން އެގޮތުން އެ ލޭނު ބަންދުކުރީ ކިހާވަރެއްގެ އެކްސިޑެންޓަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!
އީސީން އިސްތިއުފާދިނީ މިނިވަން މާހައުލެއް ނެތުމުން: ޝަކީލް
