ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވުމަށް ފަހު މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުއަށް ދަންނަވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައިސް ޔާމީން ގެއަށް ބަދަލުކުރުމަކީ ރައީސް ޞޯލިހުއަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު މި ދަނޑިވަޅު ރައީސް ޞޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ދިވެހީންގެ ރާއްޖެ ދިވެހިންނަށް ޔަގީންކޮށް ދެއްވާނެ ކަމަށެވެ. މިވަގުތު އިސްކުރަންވީ ގައުމުގެ ހަމަޖެހުން ކަމަށާއި އެންމެ ފަރުދެއްގެ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް މުއިއްޒު އެދިވަޑައިގަތެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ޒެލެންސްކީއާ ބައްދަލުކުރާނީ ސުލްހައަށް އެއްބަސްވުމުން: ޕޫޓިން
އަނެއްކާ ވެސް ސިފައިންނަށް ފްލެޓް ބަހަން ޕްރޮޖެކްޓެއް
