ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ އިސްވެރިޔާ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން އަލީ ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްފި އެވެ.
ޕްރިޒަންސްގެ ހިއުމަން ރިސޯސަސް އިން އިއްޔެ ނެރުނު މެމޯއެއްގައި ބުނެފައި ވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން އެ ސާވިސްގެ ހުއްދަ ނެތި ޕްރިޒަންގެ އެއްވެސް އިމާރާތަކަށް އޭނާ ވަނުމަކީ މަނާކަމެއް ކަމަށެވެ.
"މި އެންގުމާ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން އަލީ ޚިލާފުވެއްޖެކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ މި ސާވިސްގެ ހިއުމަން ރިސޯސަސްއަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގަމެވެ." އެ މެމޯގައި ބުނެފައިވެ އެވެ.
"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކޮށްފައި ވަނީ ޖަލުގައި ހިންގި ޕްރޮޖެކްޓަކާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތުގަ އެވެ. ނަމަވެސް މި މައްސަލައިގެ ތަފުސީލެއް ލިބޭ ގޮތެއް ނުވި އެވެ.
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
ޕީއެންއެފްގެ ނަން ކިލަނބުވާތީ އީސީއާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ