ބޮލީވުޑްގެ ބަތަލާ ހުމާ ގުރޭޝި އާ ވާހަކަ ފޮތެއް ނެރުމަށް ތައްޔާރުވެެއްޖެ އެވެ.
މިއަހަރު ޑިސެމްބަރުގައި އަންނަނީ ހުމާގެ ފުރަތަމަ ވާހަކަ ފޮތް ނެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ހުމާ ނެރޭ ފުރަތަމަ ވާހަކަ ފޮތުގެ ނަމަކީ "ޒޭބާ: އޭން އެކްސިޑޭންޓަލް ސުޕަހީރޯ" އެވެ.
އުމުރުން 37 އަހަރުގެ ބަތަލާ ހުމާ ބުނީ މިވާހަކަ ފޮތަކީ ދެ އަހަރު ދުވަހުގެ މަސައްކަތް ކަމަށެވެ. މިވާހަކަ ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ޕަބްލިޝިން ހައުސް ހާޕާ ކޮލިންސް އާއި އަ ސުއިޓަލް އެޖެންސީއާ ގުޅިގެނެވެ.
ހޫމާ އަކީ އެކްޓަރު ސާގިބް ސަލީމްގެ ދައްތަ އެވެ.
"ގޭންގްސް އޮފް ވަސޭޕޫރް" އާއި "ބަދުލާޕޫރް" އާއި "ޖޯލީ އެލްއެލްބީ 2″ ފަދަ ފިލްމުތައް ކުޅެފައިވާ ހޫމާގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ޒީ5 އިން ޕްރީމިއާކުރި ބައޮގްރަފިކަލް ޑްރާމާ "ތަރުލާ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ޕޫޖާ މޭރީ ޖާން" އެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
އެޕްސްޓީން ފައިލްތަކުން ހިލަރީއަށް ބޮޑެތި ތުހުމަތުތަކެއް
ނެޓްފްލިކްސްގެ އާ ސީރީޒްގައި ސައިފްގެ ތަފާތު ފެނިލުމެއް!