ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމަށް ބުނެ އޮންލައިން ނޫހެއްގެ ޖަހާފައި ވަނީ ދޮގު ހަބަރެއް ކަމަށް ފުލުހުން ބުނެފި އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް"ގައި ޝައިއުކޮށްފައިވާ ހަބަރެއްގައި ވަނީ ސަރުކަރުން ރާވައިގެން ރައްޖެގައި އުޅޭ ބިދޭސީންތަކަށް ހަމަލާ ދިނުމަށް ރަވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާ އާއި އޮންލައިން ނޫހެއްގައި ޝައިއުކޮށްފައިވާ ޚަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.
އެފަދަ ހަބަރުތައް ފަތުރަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!
ފުވައްމުލަކުގައި ހުރި އެމްޕީއެލް ކޯލް ސެންޓަރު ބަންދުކޮށްފި
