ބޮލީވުޑްގެ އެކްޓްރެސް ޕަރިނީތީ ޗޯޕްރާއާއި ސިޔާސީ ލީޑަރެއް ކަމަށްވާ ރާގަވް ޗައްދާގެ ކައިވެނި މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން އެ ދެމީހުންގެ ކައިވެނީގެ ހަފްލާތައް ސަޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ އުދައިޕުރްގައި ވަރަށް ކުލަގަދަކޮށް ކުރިއަށްދާނެ ކަމަށްވެ އެވެ.
ދާދި ފަހުން އެންގޭޖްވި ޕަރިނީތީއާއި ރާގަވްއަކީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރާ ޖޯޑެކެވެ.
މި ކައިވެންޏަށް ދެ ފަރާތުގެ އާއިލާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކާއި ސިޔާސީ ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ޕަރިނީތީގެ ދެބެންގެ ދެދަރި ޕްރިޔަންކާ ޗޯޕްރާއާއި އޭނާގެ އާއިލާ ވެސް ހިމެނެ އެވެ.
އުދައިޕުރްއަކީ އިންޑިއާގެ ޑެސްޓިނޭޝަން ވެޑިން ވެނިއުއެއްގެ ގޮތުގައި ގިނަ ބަޔަކު ޚިޔާރު ކުރަމުން އަންނަ ތަނެކެވެ.
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!