އެކި ސިޔާސީ މަގާމުތަކުގައި ތިބި ލ. ފޮނަދޫ އަށް ނިސްބަތްވާ ބަޔަކު މިއަދު މަގާމުން ވަކިކޮށްފި އެވެ.
މިއަދު ސަރުކާރު މަގާމުތަކުން ވަކިކޮށްފައި ވަނީ އެމްޑީޕީގައި ހުންނެވުމަށް ފަހު އެޕާޓީން ދާދި ފަހުން ވަކިވެ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ތާއިދު ކުރަން ނިންމި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާ ގާތް ގުޅުމެއް އޮންނަ ބައެކެވެ.
މިއަދު ވަކިކޮށްފައިވަނީ ފޮނަދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނެވި ހަސަން ހަލީމާއި ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް މަގާމުގައި ހުންނެވި މުހައްމަދު ހަނީފާއި ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް މަގާމުގައި ހުރި އިބްރާހީމް ސިނާޒެވެ.
ސިރާޖް އެމްޑީޕީ އިން ވަކިވެ ޑރ. މުއިއްޒުއަށް ތާއިދު ކުރެއްވި އިރު އެރަށުން ގިނަ ބަޔަކު އެމްޑީޕީން ވަކިވި ކަމަށް ސިރާޖު ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
އިޒްރޭލްގެ ބެން ގޫރިއަން އެއާޕޯޓުގެ ތެޔޮ ގުދަންތަކަށް ހަމަލަ ދީފި

ސިރާޖު ކޮންމެ އެއްޗެކޭ ކިޔަސް މިއީ ސިރާޖު އާދޭސްކޮށްގެން ދީފައިވާ ސިޔާސީ މަގާމުތައް. މި މަގާމުގައި ތިބެގެން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ކެމްޕޭނު ކުރުމާއެކު ރައީސަށް ފާޅުގައި ހުތުރު ދޮގު ބަސްތައް ރައްދުކުރާ މީހުން ޖެހޭނީ ވަކިކުރަން.