ކަރީނާ ކަޕޫރަކީ އަރަމުން އަންނަ ޒުވާން ތަރިންނަށް ހުރި ނަމޫނާއެއް ކަމަށާއި އޭނާގެ ހަޔާތުން ގިނަ އިބްރަތްތަކެއް ލިބޭ ކަމަށް ފިލްމީ ތަރި އާލިއާ ބަޓް ބުނެފި އެވެ.
އާލިއާ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރީނާއާއެކު މަސައްކަތް ކުުރުމަކީ އޭނާގެ އަބަދުގެވެސް އުއްމީދެއް ކަމަށެވެ.
އެ ޕޯސްޓުގައި އާލިއާ ވަނީ އޭނާއާއި ކަރީނާ އެކުގައި ފިލްމަކުން ފެންނާނެ ގޮތް ހަދައިދިނުމަށް ވެސް ފިލްމު ޕްރޮޑިއުސަރުންގެ ކިބައިން އެދިފަ އެވެ.
އާލިއާގެ އެޕޯސްޓުގައި އެ ދެތަރިންގެ ތަފާތު ފޮޓޯތަކެއް ވެސް ހިމަނާފައިވާއިރު ކޮންމެ ފޮޓޯއަކުން ވެސް އެ ދެމީހުންގެ މެދުގައި އޮތް ގާތް ގުޅުން ފެނިގެންދެ އެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ އެކްޓްރެސް އާލިއާއާއި ބޮލީވުޑްގެ މަޝްހޫރު "ޕޫ" ކަރީނާއަކީ އާއިލީ ގޮތުން ވެސް ގާތް ދެ ތަރިންނެވެ.
އެގޮތުން އާލިއާގެ ފިރިމީހާ ރަންބީރު ކަޕޫރަކީ ކަރީނާގެ ދެބެންގެ ދެދަރި މީހެކެވެ.
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި