އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ އަށް މިވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އަންހެން ކުއްޖެއް ލިބިފަ އެވެ.
މިކަމާ ގުޅިގެން މަޝްހޫރު މި ދެތަރިންނަށް މަރުހަބާގެ މެސެޖްތައް ހުއްޓުމެއް ނެތި ދަނީ ލިބެމުންނެވެ.
ބައްޕައަކަށް ވުމުން އުފަލުން ފޮޅިފައި ހުރި ވިރާޓް މިވަނީ އޭނާގެ ޓުވިޓާގެ ބަޔޯ ވެސް ބަދަލުކޮށްފަ އެވެ.
އޭގައި ލިޔެފައިވަނީ އޭނާ އަކީ "ފަހުރުވެރި ފިރިއެއް އަދި ބައްޕައެއް،" ކަމަށެވެ. އަދި ކައިރީގައި ރަތް ކުލައިގެ ހިތެއް ވެސް އޮވެ އެވެ.
އަނުޝްކާ އާއި ވިރާޓް ވަނީ އެމީހުންގެ ދަރިފުޅުގެ ފޮޓޯތައް ނުނެގުމަށް ނޫސްވެރިންގެ ކިބައިން އެދިފަ އެވެ.
މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ އެ ދަރިފުޅުގެ ފޮޓޯ އާއި ކިޔަން ނިންމާފައިވާ ނަން އާންމު ކުރާނެ ވަގުތަކަށެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާވަރަށް ފައިސާ އެބަހުރި
އެމްޑީޕީގެ އިސް ސަފުން ފެންނަނީ ދަލު ބޭރުން ޖެހިގެން އުޅޭ ބައެއް
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
