ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި ތިން މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 28 މީހެއްގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި މީހެކެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،513 އަށް އަރައިފަ އެވެ. ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،540 އެވެ
މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 917 އެވެ. އޭގެތެރެއިން 69 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގައި އެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
މި ބަލީގައިި މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ މަރުވެފަ އެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
