ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި އެވެ.
"2021 ވަނަ އަހަރު އަޅުގަނޑުމެންގެ ހޯމް ލޯން އަދި ފައިނޭންސިން ރޭޓް %9 އަށް ދަށްކުރިން. މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް. މިއަދު މި ގެނެވުނު ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަތަކަށް ފައިދާކުރާނެ." ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލް ގެ ހޯމް ޕަޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީ އާއެކު 9 ޕަސެންޓް އިންޓްރެސް ރޭޓުގަ އެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށް ވެސް މި ފެސިލިޓީ ބޭނުންކުރެވޭނެ އެވެ.
"އަލްފާ"އާއެކު އާލިއާ ބޮލީވުޑްގެ އެންމެ އުހަށް!
ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން ހުކުރު ދުވަހު
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް އިލްތިމާސްކޮށްފި
