ކަސްޓަމަރުންނަށް 'ލިމިޓްލެސް' ޑޭޓާ އެލޮވަންސް ލިބޭ މުޅިން އައު އަންލިމިޓެޑް ފައިބަ ބްރޯޑްބޭންޑް ބޫސްޓާރއެއް ދިރާގުން ތަޢާރަފްކޮށްފި އެވެ.
މި އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް މި ބޫސްޓާ އެކްޓިވޭޓް ކޮށްލައިގެން އެފަރާތްތަކުގެ ހުރިހާ ޑޭޓާ ބޭނުންތައް ފުއްދާލެވޭނެ އެވެ. އަދި ކޮންމެ ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖެއްގެ ކަސްޓަމަރުންނަށްވެސް މި ބޫސްޓާ ނެގޭނެ އެވެ. މި ޚާއްސަ ޕްރޮމޯޝަނާ ބެހޭ އިތުރު މަޢުލޫމާތު މި ލިންކުން ލިބޭނެ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ސްޓްރީމިންގ، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް އާ ލިމިޓަޑް ޓައިމް އޮފާއެއް ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ. މި އެޑް-އޮންއާއެކު ކަސްޓަމަރުންނަށް އެންމެ 601 ރުފިޔާއަށް 30 ދުވަހަށް 125ޖީބީ ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.
ދަ ފިފްޓީސް ލަޔަން: މި މާސްކުގެ ފަހަތުގައި ވަނީ ކޮން މޫނެއް؟
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
މިއީ މުށި ބުދުތަކެއް ނޫން، ބޭނުންހާ ގޮތެއް ނުހެދޭނެ: ޝާހިދު
