ބެލަރުސްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމަށްވާ ޕަވެލް މަޒެއިކާ އެގައުމުގެ ސަރުކާރާ އިދިކޮޅު ޕާޓީގެ ހަބަރުތައް ގެނެސްދިނުމުން ހަ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ޕަވެލްގެ މައްޗަށް ބެލަރުސްގެ ދައުލަތުން ކޮށްފައިވަނީ އަވަށްޓެރި ޕޮލެންޑާ ގުޅިގެން ސަރުކާރާ ދެކޮޅު ޕްރޮޕެގެންޑާ ފަތުރަން މަސައްކަތް ކުރުމުގެ ދައުވާ އެވެ.
މި ދައުވާ ސާބިތުވެ އޭނާއަށް ހައަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ޕަވެލްގެ އިތުރުން އޭނާއަށް މައުލޫމާތު ފޯރުކޮށްދިން ކަމަށް ބުނާ ވަކީލަކު ވެސް ވަނީ ހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.
ބެލަރުސްއަކީ ވަކި މީޑިއާއަކަށް ނިސްބަތްނުވާ މިނިވަން ނޫސްވެރިން ގިނަ ގައުމަކަށް ވާއިރު މިފަދަ ނޫސްވެރިންނަށް ސަރުކާރުގެ ފިއްތުންތައް މެދުނުކެނޑި ކުރިމަތި ވަމުންދެ އެވެ.
އެގޮތުން ޕަވެލްއަކީ ވެސް ވަކި މީޑިއާއަކަށް ނިސްބަތް ނުވާ އެގައުމުގެ ހުރިހާ ހަބަރެއް އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާއްމުންނާ ހަމައަށް ގެނެސްދެމުން އަންނަ ނޫސްވެރިއެކެވެ.
ޕަވެލްއަށް އައި ހުކުމާއެކު ބެލަރުސްގައި މިނިވަން ނޫސްވެރިކަމަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކޮށް ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގަން މަޝްވަރާ ކުރަމުންނެވެ.
ރޯނިތުއަށް ހޮލީވުޑްގެ ފުރުސަތު ގެއްލުނީ ކަރަންގެ ސަބަބުން؟
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި