މިހާރު ބޮލީވުޑްގައި އެންމެ ނެން މަޝްހޫރު އެއް ޖޯޑު ކަަމަށްވާ އަނަންޔާ ޕާންޑޭއާއި ބައިވެރިޔާ އަދިތުޔާ ރޯއީ ކަޕޫރު އެކުގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ދެތަރިން އެކުގައި ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ސްޕެއިންގެ ލިޒްބަންގަ އެވެ. މިޗުއްޓީގެ ފޮޓޯތައް މިހާރު އިންޓަނެޓުގައި އަންނަނީ ދައުރު ވަމުންނެވެ.
އެގޮތުން ލިޒްބަންގެ ބްރިޖެއްގައި ނަގާފައިވާ ފޮޓޯތަކެއް ދެ ތެރިންވެސް އެ ދެމީހުންގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފައިވާއިރު އެއަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓް ކުރަމުންނެވެ.
އަނަންޔާއާއި އަދިތްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް މީޑިއާތަކުގައި ދައުރުވާތާ ދުވަސްތަކެއް ވެފައިވީނަމަވެސް އެކަން އެއްވެސް ތަރިއަކު ޔަގީން ކޮށްދީފައެއް ނުވެ އެވެ.
އަދިތްޔާއާއި ގުޅުމުގެ ކުރިން އަނަންޔާ ވަނީ ކާތިކް އާރްޔަންއާއި އިޝާން ޚައްތަރު ފަދަ މަޝްހޫރު ތަރިންނާ ވެސް ލޯބީގެ ގޮތުން ގުޅިފަ އެވެ.
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި
ޓްރަމްޕް ޓްރަކްގައި ފިއްލެވުމުން އީރާނުން މަލާމާތް ކުރަނީ