ގައުމީ ދާރުލްއާސާރުގައި ނަގާފައި ހުންނަ ގައުމީ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދާރުލްއާސާރުގެ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި އެ ތަނުގެ ސެކިއުރިޓީ ގާޑު ވެއްޓި، ޒަހަމްވެފައިވާ ކަމަށެވެ.
މި ހާދިސާގައި ޒަހަމްވެފައި ވަނީ ދާރުލްއާސާރުގެ އިމާރާތް ބަލަހައްޓަން އައުޓްސޯސްކޮށް ނަގާފައި ތިބޭ ސެކިއުރިޓީންގެ ބިދޭސީ މުވައްޒަފެކެވެ. އަދި އެކަން ހިނގަން މެދުވެރިވީ އިއްޔެ އިރުއޮއްސި 6:00 ޖެހުމުން ދިދަ ތިރިކުރުމުގެ މަސައްކަތް ކުރަން ގޮނޑިއަކަށް އަރައިގެން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓުމުންނެވެ.
ހާދިސާގެ މާބޮޑު ތަފްސީލްތަކެއް ނުލިބުނަސް އަނިޔާ ލިބުނު މީހާގެ ސާޖަރީއެއް ހެދުމަށްފަހު އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
ލިއަމްގެ މިލްކިއްޔާތު އޭނާގެ 9 އަހަރުގެ ދަރިފުޅަށް!
އަހަރު ތަކަކަށްފަހު އިމްރާންގެ ބިރުވެރި ފިލްމެއް!
މީހުންގެ ރައްކާތެރިކަން ނުލިބޭ ގޮތަށް ޗައިނާ މީހުން ކުރިއަސް ދިވެހި ސަރުކާރުން މިފަދަކަންކަން ބަލައި އިސްލާހުކޮށް މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ