ސައިކަލަކުންޖެހި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި މަޖީދީމަގު ރެޑްވޭވް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ ފަތިހު 5:01 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދިޔަ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި މިހާދިސާގައި ސައިކަލު ދުއްވަން އިނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ލައިސަންސް ނެތް މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ކައިލީ ބަނޑު ބޮޑު ކަަމަށް ބުނާ އަޑުތަކުގެ ހަގީގަތް!
ރޮނާލްޑޯ ޖޫނިއާ ވޯލްޑް ކަޕް ކުޅޭނީ ކޮން ގައުމަކަށް؟
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!