ބޮލީވުޑްގައި މަޝްހޫރު ދެމަފިރިން ކަމަށްވާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ އަށް މިވަނީ އިއްޔެ އަންހެން ކުއްޖަކު ލިބިފަ އެވެ.
ވިރާޓް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މި އުފާވެރި ހަބަރު އޭނާގެ ފޭނުންނާއި ހެޔޮ އެދޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ.
އެ ކުއްޖާ ދެކިލުމަށް އެންމެން ވެސް ކެތްމަދުވެފައި ތިއްބާ ވިރާޓްގެ ބޭބެ ވިކާސް ކޯލީ މިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
އޭނާގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި ލިޔެފައިވަނީ "އުފަލުން ފޮޅިފައި"ވާ ކަމަށެވެ.
މި ފޮޓޯއިން ފެންނަނީ އެ ކުއްޖާގެ ދެފަ އެވެ. އޭގެ ތިރީގައި "މަރުހަބާ" ލިޔެފައިވެ އެވެ.
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟
މިއަހަރުގެ އޮސްކާ އެވޯޑަށް އާއްމުންގެ ފިނި ތަރުހީބެއް!
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
