މާލެ ސިޓީގައި ހުރި ޕާކުތަކާއި މައިޒާންތައް މަރާމާތު ކުރުމަށް ބޮޑެތި މަސައްކަތް ކުރަން ފަށައިފި އެވެ.
މާލެ ސިޓީގެ މައިޒާންތަކާއި ޕާކުތައް އާބާތުރަ ފިލުވުމުގެ ގޮތުން މުއިވެޔޮ މައިޒާނާއި ރައިވެރިބޭ މައިޒާނާއި އިސްކަންދަރު މައިޒާނުގައި އަންނަނީ މަރާމާތުގެ ބޮޑަތި މަސައްކަތް ކުރަމުންނެވެ.
އެގޮތުން މުއިވެޔޮދޮށު މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ އައު ސެޓެއް ހަރުކުރުމުގެ މަސައްކަތާއި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. އަދި ރައިވެރިބޭ މައިޒާނުގައި ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އިސްކަންދަރު މައިޒާނުގައި ވެސް ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މައިޒާންތަކަކީ 2015 ވަނަ އަހަރު ހުޅުވި މައިޒާން ތަކެކެވެ. މި މައިޒާންތައް މަރާމާތު ކުރަން ފަށާފައި މިވަނީ އެ މައިޒާންތައް ހުޅުވިފަހުން ފުރަތަމަ ފަހަރަށެވެ.
އިޒްރޭލުން އުޅެނީ ދެމިގެންދާ ހަނގުރާމައަކަށް މަގުފަހި ކުރަން
މެތިއުއަށް މަސްތުވާތަކެެތި ވިއްކި ފަރާތް 15 އަހަރަށް ޖަލަށް!
މީދޫ ފޮށި އަލުން ގުނުމުން ކައުންސިލްގެ ރައީސްކަން އެމްޑީއޭއަށް