ރަންބީރު ކަޕޫރަކީ މިހާރު ބޮލީވުޑްގައި އެންމެ ނަން މަޝްހޫރު އެއް ފަންނާނެވެ. ރޮކްސްޓާ، ބަރްފީ އަދި ތަމާޝާ ފަދަ ފިލްމުތަކުން އޭނާގެ ހުނަރު ސާބިތު ކޮށްދީފައިވާއިރު ގިނަ ޕްރޮޑިއުސަރުން އޭނާއާއެކު މަސައްކަތް ކުރަން ބޭނުންވެ އެވެ.
ފިލްމީ ދާއިރާގައި މިހާތަނަށް ލިބުނު ކާމިޔާބީއާއެކު ރަންބީރު ވަނީ އެކި ފަހަރު މަތިން އޭނާ ފިލްމު ކުޅެދޭ އަގުތަކަށް ބަދަލު ގެނެސްފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރަންބީރު ފިލްމެއް ކުޅެދެނީ 20 ކްރޯޑް ރުޕީސް އަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާއިރު 50 މިލިއަނަށްވުރެ ބޮޑު އަގެކެވެ.
މި އަގާއެކު ވެސް ޕްރޮޑިއުސަރުން އޭނާއާއެކު މަސައްކަތް ކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ އޭނާއަކީ ބޮލީވުޑްގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ އެކްޓަރަކަށް ވުމާއި އޭނާ ހަރަކާތްތެރިވާ ފިލްމުތަކަށް ބޮލީވުޑްގައި ރަނގަޅު ކާމިޔާބީއެއް ލިބުމެވެ.
ރަންބީރު އެންމެ ފަހުން ފެނިފައިވަނީ ރަޖަން ޝާހީގެ "ތޫ ޖޫތީ މޭ މައްކާރު" މި ފިލްމުން ޝްރައްދާ ކަޕޫރާ އެކީގަ އެވެ. މި ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާނީ
ހުޅުމާލެ 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި