އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ މީހަކު މިމަހުގެ ކުރީކޮޅު ފިލި ފަހުން، ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ވެސް ފިލުމުން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެ މީހާ ހައްޔަރުކުރީ ރޭ ދަންވަރު ކަމަށެވެ.
ދާންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ އޭނާ ފިލުމުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މަސްތުވާ ތަކެއްޗާ ވެސް އެކުގަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ވެސް މީހަކު ފިލި އެވެ، އެ މީހާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ.
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟
"މުއިއްޒު އެއްވެސް ކޮމިޓީއެއްގައި ނީންނަވާ، ހިސާބުޖެހީ އަދުރޭ"
މެދުކެނޑުމަކަށްފަހު ކަސްރަތު ކުރަން ފަށާނަމަ ސަމާލުވާން ޖެހޭ!