ނިއުޒިލެންޑުގައި ހައްދާ ފަޅޯ ގަހުގެ ފަތުގައި ހުންނަ މާއްދާއަކުން ޑެންގޫ ހުމަށް ފަރުވާކުރެވިދާނެތޯ ބެލުމުގެ ދިރާސާތައް ފަށައިފި އެވެ.
އެގޮތުން މިހާރު އޭޝިއާ އަދި ޔޫކޭގައި ވެސް އަންނަނީ މި ފަޅޯ ފަތުގެ ދިޔައިން ތަހުލީލުތައް ކުރަމުންނެވެ.
މި ޕްރޮޖެކްޓުގައި އިސްކޮށް ހަރަކާތްތެރި ވަނީ ކުއީންސްޓައުންގެ ކުންފުންޏެއް ކަމަށްވާ ފުލާ ޔަންގު އިންޓަނޭޝަނަލް އެވެ.
ކި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރޭމަންޑް ޔަންގް ވިދާޅުވި ގޮތުގައި މި ދިރާސާއަށް ކްރައުން އިންސްޓިޓިއުޓް، ޕްލާންޓާއި ފުޑް ރިސާޗް އަދި އޯކްލެންޑުގެ ކެލެގަން އިނޮވޭޝަންއިން ސަޕޯޓުކުރެ އެވެ.
ޔަންގް އިތުރަށް ވިދާޅުވި ގޮތުގައި ފަޅޯއަކީ މަދިރީގެ ސަބަބުން އުފެދޭ ވައިރަހުގެ އިތުރުން މުސްކުޅި ބައްޔަށް ފަރުވާކުރުމަށް ޒަމާނުއްސުރެ ސަގާފީ ފަތްޕިލާވެލީގެ ބޭސްތަކުގައި ހިމަނާ އެއްޗެއް ކަމަށެވެ.
އޭނާއަށް މި ދިރާސާ ފެށުނީ ސިންގަޕޫރުގައި ދިރިއުޅޭ އޭނާގެ ދަރިފުޅު ޑެންގޫ ބައްޔާމެދު ކަންބޮޑު ވާތީ އެވެ. އަދި އެއް ދުވަހަކު ފަޅޯ ދިޔައިން ޑެންގޫއަށް ފަރުވާ ކުރެވޭ ކަމަށް ބުނުމުން އިތުރަށް އެކަން ޔަގީން ކުރަން ބޭނުންވީ ކަމަށް ޔަންގު ވިދާޅުވި އެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
