މާލޭގެ އިތުރު ދެ މަގެއް ޒަމާނާ ފެންވަރަށް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް މަސައްކަތް ފެށީ ފުލޫނިއާމަގާއި މުނިޔާމަގު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.
އާރުޑީސީން ބުނީ މުނިޔާމަގުގެ ބްލޮކް އެކެއްގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި ފުލޫނިއާމަގުގެ ބްލޮކް އެކެއްގެ މަސައްކަތް ފަށާފައި ވަނީ އިއްޔެ އެވެ.
އެ ކުންފުނިން ބުނީ އެ ދެ މަގު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އާންމުންނަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެ ދެ މަގުގެ މަސައްކަތް ނިންމުމަށްފަހު މުނިއާމަގާއި ފުލޫނިޔާމަގު ގުޅުނު ހިސާބުން ޝަހީދު އަލީ މަގު ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާރުޑީސީން ބުންޏެވެ.
އެ ކުންފުނިން ވަނީ ދާދިފަހުން ކަނބާއައިސާރަނި ހިނގުން ވެސް އަލުން ޒަމާނީ ފެންވަރަކަށް ހަދައިފަ އެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމު ރަސެލް ކްރޯއާ އެކުގައި!
ގާނޫނުތަކަށް ހޭލުންތެރިކުރުމަށް އީޔޫއާ ގުޅިގެން ކެމްޕޭނެއް
ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން އަދިވެސް ނުފެނޭ