މި ރޯދަ މަހު އަލްޖީރިއާގައި ކުރިއަށް ދިޔަ ތަރާވީހު ނަމާދެއްގެ ތެރެއިން ބުޅަލަކަށް ކަމޭހިތައި އޯގާތެރިވި އިމާމަށް އެގައުމުގެ ސަރުކާރުން ހާއްސަ ޝަރަފެއް އަރުވައިފި އެވެ.
އިމާމް ވާލިދު އިމާމްވެ ތަރާވީހު ނަމާދު ކުރަމުން ދަނިކޮށް ބުޅަލެއް އައިސް އިމާމުގެ ކޮނޑު މައްޗަށް އަރައި މޫނަށް ބޮސްދޭ މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓުގައި ވަނީ ވައިރަލްވެފަ އެވެ.
އެއާއެކު ބުޅާ ފައްސާލައި ދުރަށް ލުމުގެ ބަދަލުގައި އިމާމް ވާލިދު އެ ބުޅަލަށް ކަމޭހިތައި ފިރުމާލާ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެ އެވެ.
މި ވީޑިއޯއަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާއިރު އެކަން ފާހަގަކޮށް އިމާމް ވާލިދުގެ ޝަރަފުގައި އަލްޖީރއާގެ ސަރުކާރުން ވަނީ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި އެ އިމާމަށް ހާއްސަ އިނާމެއްވެސް އަރުވާފައިވެ އެވެ.
އިމާމް ވާލިދު ދެއްކެވި މިސާލަކީ އިންސާނިއްޔަތުކަމާއި ކުލުނުގެ ލާމަސީލު މިސާލެއް ކަމަށް އެ ހަފްލާގައި އަލްޖީރިއާގެ އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
އިމާމް ވާލިދާއި ބުޅަލުގެ ފޮޓޯ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު އެއީ އިސްލާމް ދީނުގެ ރިވެތި އާދަތަކާއި އެ ދީނުގައި ޖަނަވާރުންނަށް ދެވިފައިވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
ފުވައްމުލަކު ގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ޖަސްޓިން ހުށައެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި