ވައިގެމަގުން އިތިއޯޕިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދަށް ތިން ދުވަސް ޖަހައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެ ކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، އިއްޔެ އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރަކު ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެމީހާގެ ބަންދަށް ތިން ދުވަސް ޖަހާފައި އެވެ. އަދި ތަރުޖަމާނެއް އޭނާއަށް ހަމަޖައްސާފައި ނުވާތީ ދެން އޮންނަ މަޖިލީހަކަށް ތަރުޖަމާނަކާ އެކު ހާޒިރުކުރަން ފުލުހުންނަށް ކޯޓުން ވަނީ އަންގާފަ އެވެ.
އޭނާގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި އެ ލަގެޖުން މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ކޮކެއިން އާއި ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއީ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެއްޗެވެ.
ޝަމްއާން ބަންދުން ދޫކުރެވެން ނެތްކަމަށް ނިންމައިފި
އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ
ފޭކް ޓީޓީ ފޮނުވައިގެން ލަނޑުދިން މީހާ 109 އަހަރަށް ޖަލަށް

ތިންވަނަ ޔަށްވާދުވަހު ފޮނުވާލާނީ ގައުމަށް އަޅުދާސްތު ވުމުގެ ހިތާމަ އުފުލާނީ ކުށެއް ނެށް މައުސޫމު ދިވެހިން ވެރިންތިބޭނީ ޖީބަށް ބަރުކޮއްލަ ކޮއްލާ