ފިތުރު އީދު ޗުއްޓީން އެއް ދުވަސް މަދުކޮށް އޭޕްރިލް 24 ގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަލުން އާންމުކުރި އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ބަންދުވަނީ ހަމައެކަނި 23 ވާ އާދީއްތަ ދުވަހު އެވެ. އަދި 24 ގައި ސްކޫލްތައް އަލުން ހުޅުވޭނެ އެވެ.
އެކެޑެމިކް ކަލަންޑަރުގައި ކުރިން އޮތް ގޮތުން އީދު ބަންދާ ގުޅިގެން މި މަހު 23 އާއި 24 ވެސް ސްކޫލް ބަންދެވެ. ސްކޫލް އަލުން ހުޅުވަން ހަމަޖެހިފައި އޮތީ 25 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ބަދަލެއް ގެނައި ސަބަބެއް ނޭނގެ އެވެ. މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ އެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!
ހަރީޒް އުފެއްދީ އަވަހަށް ދެވިދާނެ ހަދިޔާއެއް!
