ބޭނުންވާ ތަކެތި
- 1 ކިލޯ ކުކުޅު (ކޮށާފައި)
- 1 މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)
- 1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)
- 1 ސައި ސަމްސާ ރީނދޫ
- 4 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
- 1 ފިޔާ
- 1 ޓޮމާޓޯ
- ލޮނު
- 5-4 ސަމްސާ ކުކިންއޮއިލް
ތައްޔާރު ކުރާނެ ގޮތް
- ކުކުޅުކޮޅު ދޮވެލުމަށްފަހު ލޮނުކޮޅަކާއި ރީނދޫކޮޅު އަޅާފައި މެރިނޭޓް ކޮށްލަން ބަހައްޓާށެވެ.
- މިކްޗަރުން ފިޔާ އަދި ޓޯމާޓޯ، ޕޭސްޓްގަނޑަކަށް ވަންދެން މުގުރާލާށެވެ.
- އެތެރެ ފުން ތަވައަކަށް ތެޔޮފޮދު އަޅައި، ހޫނުވުމުން ކުކުޅުކޮޅު އަޅާލައި، އެއްކޮށްލާފައި 2 މިނަޓެއް ހާއިރު މަތިޖަހާފައި މެދުގިނީގައި ބަހައްޓާށެވެ.
- އެއަށްފަހު ލޮނުމެދު ކޮޅާއި އިނގުރު އަޅައިގެން ކުކުޅުން ބޭރުވާ ފެން ހިނދެންދެން މަޑުގިނީގައި ކައްކާލާށެވެ.
- ފެން އެއްކޮށް ހިނދުމުން ފިޔާ، ޓޮމާޓޯއިން ހަދާފައިހުރި ޕޭސްޓްގަނޑު އަޅައިގެން 2 މިނަޓެއް ހާއިރު ކެއްކުމަށްފަހު އަސޭމިރުސް އަޅައިގެން އަނެއްކާވެސް 2 މިނަޓެއް ހާއިރު ކައްކާލާށެވެ.
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ