ތ. ބުރުނީގައި އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް، ވެއްޓުނު ރުކަކުން ޖެހި މީހަކު މަރުވެ އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
ބުރުނީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މިއަދު ހަވީރު 4:40 ހާއިރު ހިނގި އެ ހާދިސާގައި މަރުވީ އިންޑިއާގެ މީހެއް ކަމަށެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔުމަށްފަހު އިތުރު ފަރުވާ ދިނުމަށް ވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ފޮނުވާލާފަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަނިޔާ ލިބުނު މީހުންގެ ތެރޭގައި އިންޑިއާގެ ދެ މީހުންނާއި ބަންގްލަދޭޝް މީހަކު ހިމެނޭ ކަމަށެވެ.
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް
"އެންމެ އަގުބޮޑު ތަރީ"ގެ ލަގަބަކީ ދޮގެއް: ހެމާ މާލިނީ
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!
