މާލޭގެ ފިހާރައެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 21:30 ހާއިރު މާފަންނުގެ ފިހާރައަކަށް ވަދެ އެ ފިހާރައިގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާ ލިބުނު މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެނގިފައިވާގޮތުގައި ބަޔަކު އެ ޒުވާނާއަށް ހަމަލާދޭން އުޅޭކަން އެނގިގެން އެ މީހުންނަށް ފިލަންވެގެން އޭނާ ވަނީ އެ ފިހާރައަށެވެ. އެ ފިހާރައިގައި ހުއްޓައި އެ މީހުން ވަދެ އޭނާއަށް ހަމަލާ ދިނީ އެވެ.
އެއްބަސްވުމާ ހިލާފުވެ، އިޒްރޭލުން ލުބްނާނަށް ހަމަލަދޭން ފަށައިފި
ލުބުނާނާއި އިޒްރޭލުގެ އެއްބަސްވުން 3 ހަފްތާއަށް އިތުރުކޮށްފި
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
