ބޮލީވުޑްގެ އެކްޓްރެސް ބިޕާޝާ ބާސޫ ފަލަކަމަށް ބުނެ އާންމުން އޭނާއަށް މަލާމާތްކޮށްފި އެވެ.
ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ބިޕާޝާ ވަނީ ލޯބިވެރިންގެ ދުވަހާ ގުޅިގެން ފިރިމީހާ ކަރަން ސިން ގްރޯވަރާ އެކު ކެއުމަކަށް އެރޭ ރެސްޓޯރެންޓަކުން އާންމުންނަށް ފެނިފަ އެވެ. އޭރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ހެދުމެކެވެ.
ގިނަ ދުވަސްތަކަަކަށް ފަހު ބިޕާޝާ ފެނުނު އިރު އޭނާ ވަރަށް ފަލަ ކަމަށް އާންމުން ބުނެފައިވެ އެވެ. ނަމަވެސް މިފަދައިން ބުނެ ސޯޝަލްމީޑިއާގައި ބިޕާޝާއަށް ފާޑުކީ މީހުންނަށް އޭނާގެ ފޭނުން ވެސް ރައްދުދީފައިވެ އެވެ.
އެގޮތުން ބިޕާޝާ އޭނާގެ އަލަތު ދަރިފުޅަށް މަރުހަބާކީތާ މާ ގިނަ ދުވަހެއް ނުވާކަން ފޭނުން ފާހަގަކޮށްފައިވެ އެވެ. އަދި މާބަނޑު ދުވަސްވަރަށްފަހު ހަށިގަނޑު އަލުން ބައްޓަމަށް އަންނަން ދުވަސް ނަގާނެކަމަށާއި، ފާޑު ކިޔުމުގެ ބަދަލުގައި ބިޕާޝާއަށް ހިތްވަރުލައިދިނުމަށް އޭނާގެ ފޭނުން އެދިފައިވެ އެވެ.
ބިޕާޝާ އާއި ކަރަންއަށް އެ މީހުންގެ އަލަތު ދަރިފުޅު ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ބިޕާޝާ އާއި ކަރަންގެ ދަރިފުޅަށް ކިޔާ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވަރު އެވެ.
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން
